އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕޭނުގެ ހަތްވަނަ ނަސީބުވެރި ފަރާތަކަށް ޅ. ނައިފަރު، ހުއްރިޔަތު މުހައްމަދު ހޮވިއްޖެއެވެ.
އުރީދޫން މިއަދު ބުނީ ހަތްވަނަ ނަސީބުވެރިޔާ ހުއްރިޔަތައް ލަކީޑްރޯއިން ލިބިފައިވަނީ އުމްރާ ދަތުރެއް ކަމަށެވެ.
އުރީދޫގެ އަހަރީ ދުވަހުގެ ކެމްޕޭނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބޭގޮތަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އެ ހާއްސަ ކެމްޕޭނުގެ ދަށުން ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެކަމަށް އުރީދޫން ބުންޏެވެ. އަދި ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އުރީދޫން ބުންޏެވެ. މީގެ އިތުރުން އެ ކެމްޕޭނުގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ލިބިދޭ ހައްޖު ދަތުރެއްކަމަށް އުރީދޫން ބުންޏެވެ.
އެ ކެމްޕޭނުގައި ބައިވެރިވުމަށް 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލެއް ދައްކަން ނުވަތަ ރީޗާޖު ނުވަތަ އެޑްއޮންއެއް ބޭނުންކުރަންވާނެ ކަމަށް އުރީދޫން ބުންޏެވެ.
އަލަށް ގުޅޭ ކަސްޓަމަރެއްނަމަ، ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލު ދައްކާ، ނުވަތަ ރީޗާޖު ނުވަތަ އެޑްއޮން ބޭނުންކުރަންވާނެ ކަމަށް އުރީދޫން ބުންޏެވެ. އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުން މި ކެމްޕޭނަށް ޝަރުތު ހަމަވުން ކަމަށެވެ.
އެ ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގުވަޒަންކުރާ ކެމްޕޭނެއް ކަމަށް އުރީދޫން ބުންޏެވެ.
ލިވް އަންލިމިޓެޑް ކެމްޕޭނުގެ އިތުރު މަައުލޫމާތު https://discover.ooredoo.mv/live-unlimited ލިބެން ހުންނާނެކަމަށް އުރީދޫން ބުންޏެވެ.
އަހަރުގެ ކުޑަމުއްދަތުގައި އުރީދޫން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތަކެއް ހާސިލުކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މުހައްމަދު އިޝާން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް