ގދ. ގައްދޫ ޖަމްނާ އަހުމަދު ވާފިރަށް، 987،800 ރުފިޔާދޭން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ވާފިރުގެ ނަމުގައިވާ "ސްކިލް އިންޖިނިއަރިން" އިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ އަގު އަދާކޮށްފައި ނުވާތީ، އެ ހިދުމަތްތަކުގެ އަގުގެ ގޮތުގައި މިހާތަނަށް ދައްކަންޖެހޭ 1.7 މިލިޔަން ރުފިޔާ އާއި އެ ފައިސާ ނުދީ ލަސްކުރުމުން ލިބިފައިވާ ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލުންނަށް ކުރަން ޖެހުނު ހަރަދު ހޯދުމަށް ފެނަކައިގެ މައްޗަށް ހުށަހެޅި ދައުވާއެކެވެ.
މި މައްސަލައިގައި ވާފިރު ބުނެފައިވަނީ ފެނަކައިން ލިބެންޖެހޭ ފައިސާގެ 15 ޕަސެންޓަށްވާ ފައިސާ ވަކީލުންނަށް ހަރަދުކުރަން ޖެހިފައިވާ ކަމަށެވެ. އެއީ 258،972 ރުފިޔާ ކަމާއި އެ ފައިސާގެ ތެރެއިން 100،000 ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި މައްސަލައިގެ ބަޔަކަށް ފެނަކައިން އެއްބަސްވެފައިވާ އިރު، އެއީ ފަސް އިންވޮއިސް އެއްގައި ހިމެނޭ 743،680 ރުފިޔާއެވެ.
މި މައްސަލައިގައި ކޯޓުން ނިންމި ނިންމުމުގައި ވަނީ، މައްސަލައިގެ ދައުވާ ފޯމް ހުށަހަޅަން ޖެހިފައިވުމާއި ދައުވާގެ ބަޔަކަށް ފެނަކައިން އެއްބަސްވުމުން، ހުށަހަޅަންޖެހޭ ހުށަހެޅުމާއި މައްސަލައަށް ގައިރު ހާޒިރުގައި ގޮތެއް ނިންމުމަށް ހުށަހަޅަން ޖެހިފައިވާތީ، މައްސަލައިގައި ޓްރެކް ކަނޑައަޅައި، ހެކި ހާމަ ކުރުމުގެ އިޖުރާއަތު ހިންގައި، ޝަރީއަތް ހިންގަން ޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދެވޭނީ، އެކު ޖުމްލަ 5،000 ރުފިޔާ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ދައުވާ ހުށަހެޅި ލިއުންތަކުގެ ތެރެއިން ކޮންމެ އިންވޮއިސްއެއްގައި 140،400 ހިމެނޭ ކަމަށާއި ދައުވާގައި މި ފައިސާ ހިމެނޭ ގޮތަށް އިތުރު ފައިސާ ހޯދުމަށް އެދިފައިވާ އިރު، މައްސަލަ ހައްލު ކުރުމުގެ ނޯޓީސް ދިނުމަށް ދައުވާ ކުރާ ފަރާތުން އެދިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް އެފަދަ ނޯޓިސްއަކީ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދެވޭ ނޯޓިސްއެއް ކަމުގައިވާތީ، އެ ނޯޓީސް ދެވެން ނެތް ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން މި ނުކުތާގައި ހިމެނޭ ފައިސާގެ އަދަދަކީ އެކު ޖުމްލަ 982،800 ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ފެނަކައިން ވާފިރަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދަކީ، 987،800 ރުފިޔާ ކަމަށް ކަނޑައަޅައި އެ ފައިސާ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވާފިރަށް ދެއްކުމަށް ސިވިލްކޯޓުން ފެނަކައިގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ