ހުޅުމާލޭ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ފަސް ގޮޅި ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު، މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު މެންދުރުފަހު 3:30 ގެ ކުރިން [email protected] އަށް މެއިލްކުރުން އެދޭ ކަމަށެވެ.

އެޗްޑީސީން ބުނީ، ގުރުއަތު ނެގުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. ނަމަވެސް ގުރުއަތު ނަގާނެ ތަނެއް އަދި އިއުލާނެއް ނުކުރެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، ގޮޅިތަކާ ބެހޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރަން ބޭނުން ނަމަ 1516 އަށް ގުޅުމަށްވެސް އެ ކޯޕަރޭޝަނުން އެދެއެވެ.