ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސް، ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގައި ބާއްވަން ނިންމައިފިއެވެ.
މިދިޔަ މަހު 21ގައި ޖަޕާނުގައި މަރުވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ، (28އ) އެވެ.
މާސްޓާ ޕްރޮގްރާމެއް ފުރިހަމަ ކުރަން އޭނާ ޖަޕާނަށް ދިޔައީ މީގެ ދެ އަހަރު ކުރިންނެވެ. ކޯސް ނިމުނުފަހުން ވެސް ލުޖައިނާ ރާއްޖެ ނައިސް ޖަޕާނުގައި ހުރީ އޮކްޓޯބަރު މަހު ގްރެޖުއޭޝަން ނިންމުމަށް ފަހު އެނބުރި ރާއްޖެ އައުމުގެ ބޭނުމުގައެވެ.
ލުޖައިނާ، ޖަޕާނުގައި ދިރިއުޅޭ ކޮޓަރީގައި ހަބަރު ހުސްވެފައި އޮއްވައި ފެނުނީ، އާއިލާއަށް ވެސް ނުގުޅޭތާ ދެ ދުވަސް ވެފައިވަނިކޮށެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް