ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށާއި، ކުށް ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ހިމަނައިގެން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
އޯގަނައިޒްޑް ކްރައިމް އަދި ގޭންގު ކުށްތަކައް ހުއްޓުވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލު ތަސްދީގު ކޮށްފައިވަނީ މިއަހަރުގެ މޭމަހުގެ 25 ވަނަ ދުވަހުއެވެ. މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ އެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފައިވާ ކަމަށެވެ.
ފުލުހުން ރޭ ބުނިގޮތުގައި ހައްޔަރުކޮށްފައިވަނީ މއ. މޯނިންވިއު، މާލެ، އިބްރާހިމް ޒައިދާން (22އ)، އ. މޯނިންވިއު، މާލެ، އަހްމަދު ނަވާޒް (30އ) އަދި ބަށިމާގެ، ލ. މާބައިދޫ، މުހައްމަދު ޝިދާދު (22އ) އެވެ.
ފުލުހުން އެ ތިން މީހުންނަށްވެސް ކުރަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުން އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އޭނުންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުންނެވެ. އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޒައިދާން އަދި ޝިދާދު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. އަދި ނަވާޒުގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.
ކުރިމިނަލް ކޯޓުން އެ ތިން މީހުންގެ ބަންދު ޖެހީ ގޭންގުތަކުން ހިންގާ ކުށްތަކާއި އޭނުންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން، އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭތީ ކަމަށް އަމުރުގައިވެއެވެ.
އަދި ގޭންގުތަކުން ހިންގާ ކުށްތަކާއި އޭނުންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ނ)ގެ (1)ގެ ދަށުންވެސް އެ މީހުން ބަންދުކުރަން ޖެހޭކަމަށް އަމުރުގައިވެއެވެ. އެ ނަންބަރުގައި ވަނީ މުޖުތަމައަށް ގެއްލުން ލިބުމުގެ ފުރުސަތު އޮންނަނަމަ ބަންދުގައި ބެެހެއްޓިދާނެ ކަމަށެވެ.
ފުލުހުން ވަނީ އެ ތިން މީހުންނާ ދެކޮޅަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައެވެ. އެގޮތުން ހާދިސާ ރިޕޯޓާއި ސީން ފޮޓޯއާއި ފެނުނު ދެ ވަޅީގެ ފޮޓޯ ހުށަހަޅާފައިވެއެވެ.
އެ ތިން މީހުންގެ ފަރާތުން ދިފާއުގައި ބުނެފައިވަނީ މި މައްސަލައިގައި ފެނުނު ދެ ވަޅި އޮތީ ހާމައަށް ލޮލަށް ފެންނަން ނޫން ކަމަށެވެ. ނަމަވެސް ފުލުހުން ހުށަހަޅާފައިވާ ފޮޓޯތަކުން އެކަން އެގޮތަށް އޮތްކަމަށް ބެލެވެން ނެތްކަމަށް އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެއީ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިއަށް އޮތްތަނުގައި ހުށަހަޅާއިރު ފުލުހުން އިތުރަށް ސާފުކޮށްދޭން ޖެހޭނެ ކަމެއްގެ ގޮތުގައި ގާޒީ ވަނީ އިތުރު ބަޔާނުގައި ފާހަގަކުރައްވައިފައެވެ.
މި އަމުރު ނެރުއްވީ ގާޒީ މުހައްމަދު މިސްބާހުއެވެ.
އާއިޝަތު މާހާ
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ވަން އޮންލައިން އިން ފެށި ވަރަށް ރަގަޅު ކަމެއް ތީ. ގާޒީގެ ނަން ހިމެނުން.
ވަރަށް ރަގަޅު - 9 މަސް ކުރިން