އެމެރިކާގެ ދަ ލީގްސް ކަޕްގެ ފައިނަލު މެޗަށްފަހު ސިއޭޓަލް ސައުންޑާސްގެ މުއައްޒަފެއްގެ މޫނަށް ކުޅި ޖެހި މައްސަލައިގައި ލުއިސް ޝުއަރޭޒް، ހަމެޗަށް ސަސްޕެންޑް ކުރަން ނިންމައިފިއެވެ.
ދަ ލީގްސް ކަޕް ފައިނަލުގައި ޝުއަރޭޒް ކުޅެމުންދާ އިންޓަ މިއާމީން ސިއޭޓަލް ސައުންޑާސްގެ މުއައްޒަފު ގަޔަކަށް ކުޅު ޖަހާފައި ވަނީ މެޗު ނިމުމަށްފަހު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިންނެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން އިންޓަ މިއާމީގެ ސާޖިއޯ ބުސްކެޓްސް ކުޅުންތެރިއެއް ގައިގައި ޖަހައިގެން، އޭނާވެސް މިހާރު ވަނީ ދެމެޗަށް ސަސްޕެންޑް ކޮށްފައެވެ.
ދަ ލީގްސް ކަޕުން ޝުއަރޭޒް ހަމެޗަށް ސަސްޕެންޑް ކޮށްފައި ވަނީ ހަމައެކަނި އެ މުބާރާތުގެ މެޗުތަކަށެވެ. ދަ ލީގްސް ކަޕަކީ މެކްސިކޯގެ ލީގާ އެމްއެކްސްއާއި އެމެރިކާގެ މޭޖާ ލީގު ސޮކާގެ ޓީމުތައް ހިމަނައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެއީ ސީޒަނުގެ މެދުތެރެއިން ކުރިއަށް ގެންދާ މުބާރާތެއްވެސް މެއެވެ.
ޝުއަރޭޒަށް އައި ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް މޭޖާ ލީގު ސޮކާގެ މެޗުތަކަށް ނުކުޅެވޭނެ ކަމަށް އަދި އަންގާފައި ނުވި ނަމަވެސް، އެކަމަށް މިހާރު ދަނީ މަޝްވަރާ ކުރެވެމުން ކަމަށް ނޫސްތައް ބުނެފައިވެއެވެ.
ކުޅުނު ޖެހި މައްސަލައިގައި ޝުއަރޭޒް ވަނީ ސޯޝަލް މީޑިއާގައި މައާފަށްވެސް އެދިފައެވެ. އޭނާ ބުނީ އެމެޗަށްފަހު ކަންތައް ކުރެވުނީ ގޯސްކޮށްކަން ގަބޫލުކޮށް، އެކަމަށް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް