އުރުގުއާއީގެ ފޯވަޑް ލުއިސް ސުއަރޭޒް، އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ބަދަލުވެއްޖެއެވެ.
އެމެރިކާ ލީގުގެ ސީޒަން މިހާރު ނިމިފައި އޮތް އިރު، ސުއަރޭޒް، 36، އިންޓަ މިއާމީއާ ގުޅޭނީ އަންނަ އަހަރުގެ ލީގު ފެށުމަށެވެ. އޭނާ އިންޓަ މިއާމީއަށް ގޮސްފައި ވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އެއީ އެންމެފަހުން ކުޅުނު ބްރެޒިލްގެ ގްރެމިއޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައި އޮތުމުންނެވެ.
ސުއަރޭޒްއާއެކު ބާސެލޯނާއަށް ކުޅުނު އޭނާގެ އެކުވެރިން ކަމަށްވާ ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސްގެ އިތުރުން ލިއޮނަލް މެސީވެސް މިހާރު އިންޓަ މިއާމީއަށް ކުޅެމުންދާ އިރު، އޭނާ ބުނީ "އެކުވެރިންނާ އަލުން ބައްދަލުވެ، އެއް ކްލަބަކަށް ކުޅެލަން ލިބުމަކީ ބޮޑު އުފަލެއް،" ކަމަށެވެ.
ސުއަރޭސްގެ ކެރިއަރުގައި ނާޝިއޮނާލް، އަޔެކްސްގެ އިތުރުން އެތުލެޓިކޯ މެޑްރިޑާއެކުވެސް ލީގު ތަށި ހޯދާފައިވާ އިރު، އެންމެ ފަހުން ކުޅުނު ގްރެމިއޯގައިވެސް އޭނާ ވަނީ 33 މެޗުން 17 ގޯލު ޖަހައިފައެވެ. އެޓީމުން މިދިޔަ ސީޒަނުގައި ނިންމާލީ ބްރެޒިލް ލީގުގެ ދެވަނައިގައެވެ. ސުއަރޭޒަކީ މިދިޔަ ސީޒަނުގައި ބްރެޒިލް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.
ގްރެމިއޯއާއެކު 2022 ވަނަ އަހަރު ސުއަރޭޒް، ދެއަހަރު ދުވަހަށް އެއްބަސްވުން ހެދި ނަމަވެސް، އޭނާ އެ އެއްބަސްވުން އުވާލީ ކަކުލުގެ އަނިޔާއެއްގެ ސަބަބުން މެޗުތަކަށް ދިގު ދަތުރުތައް ކުރަން ބޭނުންނުވާތީ ކަމަށް ހަބަރުތައް ބުނެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު