މަގުމަތިންވެސް ދިމާވަނީ އެ "ޓްރަބަލް"އާ އެވެ. ޓީވީ ހުޅުވާލާ ކޮންމެ ފަހަރަކުވެސް ފެންނަނީ ހަމަ އެ "ޓްރަބަލް" އެވެ. ފުލުހުން އެ ޓްރަބަލް ހުއްޓުވައިފިއެވެ. ހައްޔަރުކޮށްފިއެވެ. އެކަމަކުވެސް ޓްރަބަލްގެ ކަންތައްތަކުން އެއްވެސް މީހަކު ސަލާމަތެއް ނުވެއެވެ. އެކަމަކު މިއީ އެހެން ޓްރައުބަލްތަކާ ހިލާފު ރީނދޫ ކުލައިގެ ޓްރަބަލަކާއި ހުދުކުލައިގެ ޓްރަބަލްއެކެވެ. މިއީ ހެއްވާ މަޖާ އަދި ކުޑަކުދިން ގަޔަވާ ޓްރައުބަލްއެކެވެ. މިއީ އުރީދޫ މޯލްޑިވްސްގެ "ޓްރަބަލް މޭކާ" އެވެ.
މިއީ ކުޑަކުދިންގެ މެދުގައި މިހާރު މަގުބޫލުކަން ލިބިފައިވާ ކެރެކްޓާއެކެވެ. އުރީދޫން މިއަދު ވަނީ މި ދެ ކެރެކްޓާ މާލޭގެ މަގުމައްޗާއި އަދި މާރުކޭޓުގައި މީހުންނަށް އުނދަގޫކުރަން ނުކުމެ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ އުރީދޫގެ އޮފީސް ތެރޭގައި މި ދެ ޓްރަބަލާސްގެ އުޅޭ މަންޒަރެވެ. މުވައްޒަފުންނާއެކު ހެއްވާ މަޖާ ވަގުތުކޮޅެއް އަދި މުވައްޒަފުންނަށް ބައެއް އެހީތެރިކަން ފޯރުކޮށްދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. މަސައްކަތް ކުރުމަށް ދަތިކުރެއެވެ. އުރީދޫގެ މުވައްޒަފުން މި ދެ ޓްރަބަލްއާއެކު ސެލްފީވެސް ނަގައެވެ. ފަހުން ފެންނަނީ ޕްރިންޓަރެއްގެ ވަޔަރުކާން ހުންނަ މަންޒަރެވެ.
އެ ފަހުން މި ޓްރަބަލްސް ވަނީ މަގުމަތިންދާ މީހުންނަށް އުނދަގޫ ކުރަން ފަށައިފައެވެ. އެގޮތުން ސައިކަލުގައި ދާ މީހުންނަށް އެކި އުނދަގޫތައް ކުރެއެވެ. އަދި ސައިކަލުގެ ފަހަތަށް އަރައެވެ.
ރެސްޓޯރެންޓުގައި ހިދުމަތް ހޯދަމުންދާ ކަސްޓަމަރުން ކައިރީގައިވެސް މި ދެ ޓްރަބަލް އުޅޭ މަންޒަރު ފެނެއެވެ. އަދި ކޮންމެވެސް އެއްޗެއް ބޯން ހުންނަ މަންޒަރު ފެނެއެވެ. ކޮފީތަށިތައް މޭޒުމަތިން ކަހާލައި ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ފެނެއެވެ.
އެފަހުން މާރުކޭޓުން މޭވާތަކެއް ނަގާ މަންޒަރު ފެނެއެވެ. އެންމެ ފަހުން ފުލުހުން މި ޓްރަބަލްސް ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެނެއެވެ.
އުރީދޫގެ މި ކެރެކްޓާއަކީ އެ ކުންފުނިން މިހާރު ފަށައިފައިވާ ކެމްޕޭނުގެ ދެ ކެރެކްޓާއެވެ. އެ ކެމްޕޭނުން ދައްކުވައިދެނީ އާންމު ދިރިއުޅުމުގައި އިންޓަނެޓް ސްލޯވުމުގެ ސަބަބުން ކުރިމަތިކުރުވާ ދަތިތަކެވެ. އެއީ ފުލުހުން ލައިސަންސް ޗެކް ކުރަން ހުއްޓުވާ އިރު، ޑިޖިޓަލް ލައިސަންސް ލޯޑް ނުވެ ލަސްވުމުގެ ދަތިތަކާއި ރެސްޓޯރެންޓުގެ ބިލަށް ރުފިޔާ ދައްކާއިރު ދިމާވާ އިންޓަނެޓް ލަސްވުން ފަދަ ކަންކަމެވެ.
އުރީދޫގެ އަމާޒަކީ އެ ކުންފުނީގެ ފެންވަރު ރަނގަޅު އިންޓަނެޓް ހިދުމަތް މެދުވެރިކޮށް އާންމު ދިރިއުޅުމުގައި ދިމާވާ އެފަދަ ކަންކަމަށް ހައްލު ހޯދައިދިނުމެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް