ވަޒީފާއިން މުސްކުޅި ކުރާއިރު، ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނައިގެން ގުނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.
ސީއެސްސީން މިއަދު ބުނިގޮތުގައި މުވައްޒަފަކު ވަޒީފާ އިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން މިހާރު ނިންމާފައިވާ ކަމަށެވެ.
ސީއެސްސީން ވަނީ، މިހާރު ސިވިލް ވަޒީފާގައި ތިބި މުވައްޒަފުންގެ އެފަދަ ވަޒީފާއެއްގެ ރެކޯޑެއް އޮތްނަމަ، ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އަޕްޑޭޓްކުރަން އެދޭ ކަމަށެވެ.
ސީއެސްސީން ވަނީ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުގައި ލާޒިމުކުރާ މައުލޫމާތުތައް ހިމެނޭހެން، ތަޖުރިބާ އަންގައިދޭ ލިޔުން ތައްޔާރުކުރާނެ ގޮތުގެ ނަމޫނާއެއްވެސް އާއްމުކޮށްފައެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް