ފުވައްމުލަކު ސިޓީގެ އެއާޕޯޓުގެ ފަޔާ ޓްރަކް މައްސަލައެއް ޖެހުމާ ގުޅިގެން އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ އިއްޔެ ހަވީރެވެ.
"މާލެއިން، ރަށަށް ފުރަން ހަމަޖެހިފައިވާ ފުލައިޓަށް މީހުން އަރާތިއްބާ އެއާޕޯޓު ބަންދުކުރީ. މާލެއިން ފުލައިޓު އަންނާތީ ރަށު އެއާޕޯޓުގެ ފަޔާ ޓްރަކް ޓެސްޓަށް ރަންވޭގައި ދުއްވިއިރު އެނގުނީ އޭގައި މައްސަލަ ޖެހިފައިވާކަން" ފުވައްމުލަކުން މައުލޫމާތު ދިން މީހެއް ބުންޏެވެ.
ފަޔާ ޓްރަކަށް ދިމާވި މައްސަލަ އަދިވެސް ހައްލު ކުރެވިފައިނުވެއެވެ. އެއީ ފުވައްމުލަކު އެއާޕޯޓުގައި ބޭނުން ކުރަމުންދާ ހަމައެކަނި ފަޔާ ޓްރަކެވެ.
ފުވައްމުލަކަށް ކޮންމެ ދުވަހަކު މޯލްޑިވިއަންގެ ދެ ފުލައިޓު އޮވެއެވެ.
މުހައްމަދު އިޝާން
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ