މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބާއްވަން ފެންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ބަލައިގަތުމަށް ދައުރުން ބޭރުން މިދިޔަ ހަފުތާގައި ވަނީ ޖަލްސާއެއް ބާއްވައިފައެވެ. އެ ބިލުގެ ކޮމެޓީ މަސައްކަތް ފަށައި މިއަދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާ ބައްދަލުކޮށްފައެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ބޭނުންތެރި ކަމަށާއި ހަމައެއާއެކު ނޫސްވެރިން ޒިންމާދާރުވުންވެސް މުހިންމު ކަމަށެވެ.
ނަޝީދު ކުރިން ވަނީ މި ބިލު ތަސްދީގު ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފައެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު