ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮންނަ ބިމެއް ލާޖައްސައިގެން ބީއެމްއެލަށް ބަދަލުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް 15،800 އަކަ ފޫޓުގެ ބިމުގެ މިލްކުވެރިކަން ބީއެމްއެލް އަށް ބަދަލުކުރީ އެ ބޭންކުގެ ނަމުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އޮތް 15،800 އަކަ ފޫޓުގެ ބިމަކާ ލާ ޖައްސައިގެންނެވެ.
ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު އެ މައްސަލައިގައި ކުރި ހުކުމްގައި ވަނީ، ލާޖެއްސި ދެ ބިމަކީ ވެސް އެޗްޑީސީގެ އިހްތިސޯސްގެ ތެރޭގައި އޮތް ދެ ބިމަށްވާތީ، އެ މުއާމަލާތުގައި ގާނޫނީ ހުރަހެއް ނެތުމުން އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ.
އެހެންވެ، ދެވަނަ ފިޔަވަހީގައި އޮތް ބިމުގެ މިލްކުވެރިކަން ބީއެމްއެލްއަށް އަދި ފުރަތަމަ ފިޔަވަހީގައި އޮތް ބިމުގެ މިލްކުވެރިކަން އެޗްޑީސީއަށް ލިބިގެންވާ ކަމަށް ހުކުމުގައިވެއެވެ.
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ