މި ސީޒަނަށް ބަޔާން މިއުނިކަށް ބަދަލުވި ލުއިސް ޑިއާޒްގެ ގޯލާއެކު އެޓީމުން ލީގުގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ.
މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް އާރްބީ ލެއިޕްޒިގް ކައިރިން ބަޔާނުން މޮޅުވެފައި އޮތް ނަމަވެސް، ރޭގެ މެޗުގައި އެޓީމަށް އޯސްބާގް ކައިރިން ހޯދުނީ އުނދަގޫ މޮޅެކެވެ. ރަށުން ބޭރުގައި ބަޔާނުން ރޭ އޯސްބާގް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ދަށް ޓެމްޕޯއެއް ފެނިގެން ގޮސްފައިވާ އިރު، ބަޔާން ހަމައަކަށް އެޅުނީ 28 ވަނަ މިނެޓުގައި ސާގް ނަބެރީ ޖެހި ގޯލާއެކުގައެވެ.
އެ ގޯލާއެކު ބަޔާންގެ ކުޅުން އަވަސްކޮށް ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމެން ދަނިކޮށް ޑިއާޒް ވަނީ ބަޔާނަށް ދެވަނަ ގޯލެއްވެސް ކާމިޔާބު ކޮށްދީފައެވެ. މިހާތަނަށް ބަޔާނަށް ބަދަލުވިފަހުން ކުޅުނު ހުރިހާ މެޗެއްވެސް ޑިއާޒްގެ ގޯލުތައް ފެނިގެން ގޮސްފައިވެއެވެ.
ދެވަނަ ހާފަށް ނުކުމެ، ބަޔާންގެ މައިކަލް އޮލީސޭ ޖެހި ގޯލަކުން އެޓީމު ހަމަޖެހިލި ނަމަވެސް، އޯސްބާގުން ވަނީ ފަހުކޮޅުގައި ކުޅުން ރަނގަޅުކޮށް، ނުރައްކާ ކޮށްފައެވެ.
ކްރިސްޓިއާން ޖެކިޗް ޖެހި ގޯލުން އޯސްބާގުން ނަތީޖާގެ ފަރަގު ކުޑަކުރި އިރު، މާޓް ކޯމޫރް ޖެހި ގޯލުން ބަޔާން ހާސްކޮށްލިވެސް މެއެވެ. އެ ގޯލާއެކު އޯސްބާގުން ޕޮއިންޓަކަށް މަސައްކަތް ކުރި ނަމަވެސް، ބަޔާނުން ވަނީ ލީޑު ދަމަހައްްޓައިފައެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް