މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިއެވެ.
މިފްކޯއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ފުވައްމުލަކަށް މިމަހު މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ކުރެއްވިދަތުރުގައި ރައްޔިތުންނަށް ވައުދުވީ ފަދައިން، މިފްކޯގެ ބޯޓު މިދިޔަ މި މަމަހުގެ 28 ގައި ފުވައްމުލަކުގައި ބަނދަރު ކޮށްފައިވާ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން އެކުންފުނިން ފުވައްމުލަކުން މަސް ގަންނަން ފަށައިފައިވާ ކަމަށެވެ.
ފުވައްމުލަކުގައި މިފްކޯއިން ގާއިމް ކުރަން ފަށާފައިވާ މަސް ޕްރޮސެސް މަރުކަޒުގެ މަސައްކަތް ނިންމައި މިއަހަރު ތެރޭގައި ހިދުމަތްދޭން ފަށައި، ޕްރޮސެސް ކޮށްފައި ހުންނަ މަސް ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖެހޭނެކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސް ކިރުވޭނެ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެހިފައި ނެތުމުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް އެކި ސަރަހައްދުތަކުން މަސް ގަނެވޭނެ އިންތިޒާމުތައް މިފްކޯއިން ދަނީ ހަމަޖައްސަމުންނެވެ.
ފާތިމަތު ލިއުޝާ
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް