މެލޭޝިއާ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މެލޭޝިއާގައި އުޅެމުންދަނިކޮށް، އެ ގައުމުން ހައްޔަރުކޮށްފައިވަނީ އަބްދުލް ބާތިން މުހައްމަދު މުސްތަފާ (28އ) އެވެ.
ދިވެހި ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މެލޭޝިއާ ފުލުހުން ތަހުގީގުކުރަމުންގެންދާ މައްސަލައަކާ ގުޅިގެން ބާތިން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިފައިވާ ކަމަށެވެ.
ބާތިންގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހިން ފުލުހުންގެ ހިދުމަތުން ވެސް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް