ބ. އަތޮޅުގެ ރިސޯޓެއްގެ މުވައްޒަފެއްގެ މަރުގެ މައްސަލައިގައި އޮޓޯޕްސީ ހެދުމަށް ނިންމައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ މައްސަލައެއް މިމަހުގެ 23 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލައި، މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ އޮޓޯޕްސީ ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.