އެމެރިކާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެ ކުދިން މަރާލައިފިއެވެ.

އެމެރިކާގެ މިނެޕޮލިސް ސިޓީގެ ސްކޫލެއްގައި ހިނގި އެހާދިސާގައި ދެ ކުދިން މަރާލާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަށް އަހަރުގެ ކުއްޖަކާއި 10 އަހަރުގެ ކުއްޖަކުކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހަމަލާގައި 17 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި 14 ކުޑަކުދިން ހިމެނޭކަމަށާއި ދެކުއްޖެއްގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ އެހަމަލާދިން މީހާ ގެންގުޅެފައިވަނީ ރައިފަލެއްގެ އިތުރުން ޝޮޓްގަންއަކާއި ފިސްތޯލެއްކަމަށް ބުނެފައެވެ. އެމީހާ ފުރަތަމަ ހަމަލާދޭން ފަށާފައިވަނީ އެސްކޫލުގެ ކުޑަދޮރުން ފަށަައިގެން ކަމަށާއި އޭނާ ފަހުން ވަނީ އަމިއްލަ ގަޔަށް ބަޑިޖަހައި މަރުވެފައިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އޭނާ އެ އަމަލު ހިންގި ސަބަބު ހޯދުމަށް ތަހުގީގެއް ފަށާފައެވެ.

އެމެރިކާގެ އެކި ހިސާބުތަކުގައި މިއަހަރު މިހާތަނަށް ބަޑިން ހަމަލާދީގެން 286 ހަމަލާ ދީފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.