ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ހިމެނޭހެން އެ ކޮމިޝަނަށް ތިން ބޭފުޅަކު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
އެ ކޮމިޝަންގެ ތިން މެންބަރުންގެ މުއްދަތު އަންނަ ސެޕްޓެމްބަރު 3 އަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ހަ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އެ ކޮމިޝަނަށް އައްޔަނުކުރުމަށް ރުހުން ދީފައިވާ ތިން މެންބަރުންނަކީ:
- ދީބާ މޫސާ؛ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުން ވޯޓު ދެއްވި؛ ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
- ހުސެން ފާއިޒު: ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުން ވޯޓު ދެއްވި. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
- މުހައްމަދު ނާސިހު: ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުން ވޯޓު ދެއްވި؛ ނުފެންނަ ކަމަށް 4 މެންބަރުން ވޯޓު ދެއްވި
ކޮމިޝަންގައި މިހާރު ތިއްބަވާ މެންބަރުންނަކީ:
- ރައީސް މުހައްމަދު ނާސިހު
- ނައިބު ރައީސް މުހައްމަދު މުޖުތާޒް
- މުހައްމަދު ފަރުސަތު
- ފާތިމަތު ޝަރީފް
- ފާތިމަތު ހަބީބާ
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު