ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އައްޔަނުކުރުމަށް އަހްމަދު މަގްސޫމް، ސީބްރީޒް / ސ. ހުޅުދޫއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އެކޮމިޝަނަށް މަގްސޫމް އައްޔަނުކުރަން ރުހުން ދިނީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. އޭނާއަށް ރުހުން ދިނުމަށް ފާސްކުރީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 އަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކުރުމުން އެކަމަށް ޖަވާބުދިން ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތް 3 ނަމެއް މަޖިލީހަށް ފޮނުއްވި އެވެ. އެ ތިން ނަމަކީ:

  • އަހްމަދު މަގްސޫމް، ސީބްރީޒް / ސ. ހުޅުދޫ
  • އަމީރާ ނައީމް، ހ. ބުރުޒް
  • ފާތިމަތު ނަފްއަތު އަބްދުލްވައްހާބް، ދަފްތަރު ނަމްބަރު ދރ 712

މިހާރު އެޗްއާރްސީއެމްގައި ތިއްބަވާ މެންބަރުންނަކީ:

  • ރައީސް މަރިޔަމް މުނާ
  • ނައިބު ރައީސް މޫމިނާ ވަހީދު
  • ސަމާއު އަހްމަދު ނަޖީބް
  • އާމިނަތު ޝިފާތު އަބްދުއްރައްޒާގު
  • އިސްމާއިލް ހަބީބް އަބްދުއްރަހްމާން

އެޗްއާރުސީއެމްއަށް އައްޔަނު ކުރުމަށް މިދިޔަ ހަފްތާގައިވެސް ބޭފުޅަކަށް މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އެއީ މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ އަށެވެ.