ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ކަމަށްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 ފަށައިފިއެވެ.

މިމަހުގެ 20 ވަނަ ދުވަހު ފެށި އެ މުބާރާތުގައި ޖުމުލަ 49 ޓީމު ބައިވެރިވާ އިރު، އެއީ 16 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ ޓީމުތަކެވެ.

ޖުމުލަ 50،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ އެ ލީގުގައި ކުޅޭނީ ޕަބްޖީ މޮބައިލްއެވެ. އަދި ހުރިހާ މެޗުތައްވެސް ކުޅެވޭނީ އޮންލައިންކޮށެވެ.

ޕްރައިޒް ޕޫލް ބެހިފައިވާ ގޮތް:

  • އެއްވަނަ: 25،000 ރުފިޔާ
  • ދެވަނަ: 12،000 ރުފިޔާ
  • ތިންވަނަ: 6،000 ރުފިޔާ
  • ހަތަރުވަނަ: 3،000 ރުފިޔާ
  • އެމްވީޕީ: 4،000 ރުފިޔާ

އުރީދޫ މޯލްޑިވްސްއިން ބުނީ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގައި ރާއްޖޭގެ ގޭމް ކުޅޭ ކުޅުންތެރިން ގައުމީ ފެންވަރުގައި ގުޅާލައި، ވާދަކޮށް، އެ މީހުންގެ ހުނަރު ދައްކާލެވޭނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭނެހެން ރާވާފައިވާ އެ ލީގަކީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އީސްޕޯޓްސް ކޮމިއުނިޓީ އެއްތަންކޮށް، ޒުވާނުންނަށް ކުރިއަށްދެވޭނެ އިތުރު މަގުތައް ހޯދައިދޭނެ ލީގެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގައި ވާދަކުރާ ޓީމުތައް

  • އއ. އަތޮޅު: މާޅޮސް އެމްއެސްސީ، ތޮއްޑޫ އެޕެކްސް ލެޖެންޑްސް، އުކުޅަސް އެޗްއެންޓީއާރް
  • އދ. އަތޮޅު: އޮމަދޫ ޑާކް ކޭމްޕާ، އޮމަދޫ އައިސް، އޮމަދޫ ސްނޭކް
  • ބ. އަތޮޅު: ގޮއިދޫ ގަބުޅި، ގޮއިދޫ ކުރޯޅި، ކުޑަރިކިލު ސީއެންޑީ އެޕެކްސް، ކުޑަރިކިލު ކަމިކާޒޭ، ޓީމް ކުޑަރިކިލު، ތުޅާދޫ އެފް12
  • ދ. އަތޮޅު: ބަނޑިދޫ ޑީއެމްޓީ، ހުޅުދެލި ބީއެލްކޭ، ހުޅުދެލި އީކިއުޒެޑް
  • ފ. އަތޮޅު: ފީއަލީ އޭޑީވީވައި، ފީއަލިއަންސް، ޓީމް ބިލެއްދޫ
  • ސ، ޏ، ގއ. އަތޮޅު: އައްޑޫ ސިޓީ އެސްއޯއެލް، އެފްވީއެމް ސިޓީ އޭކޭޒެޑް، އެފްވީއެމް ސިޓީ އަންޓެއިކޫ، އެފްވީއެމް ސިޓީ ޓީއާރްއެފް ޓައިޓަންސް، ގެމަނަ ލީޖިއަންސް
  • ހއ. އަތޮޅު: ދިއްދޫ އެލްއެފް، މާރަންދޫ، މުރައިދޫ ޓީއެމް4، ޓީމް އުލިގަމް
  • ހދ. އަތޮޅު: ނޭކުރެންދޫ، ޓީމު ހިރި
  • ކ. އަތޮޅު: އެޗް އެލް އެމް އެލް ނެޗުރަލީ ލީތަލް، ހުރާ ފެނެޓިކް، މާލެ މޮރިގަން، ތުލުސްދޫ ފެލްކަންސް
  • ލ. އަތޮޅު: ފޮނަދޫ ޑީއެމްޒެޑް، އިސްދޫ ސީއެލްއެކްސް
  • ޅ. އަތޮޅު: ހިންނަވަރު ސީއެންޑީ، ނައިފަރު ބެސާކް، ނައިފަރު ޔޫރަޕް، ޓީމް ނައިފަރު
  • ރ. އަތޮޅު: މާކުރަތު އެކްސްއެންޓީއާރްއެކްސް، މަޑުއްވަރީ ކެޒް ކްރޫ، މަޑުއްވަރީ އެކްސްއެލްއެން

އުރީދޫން ބުނީ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 ގެ އެންމެ ފަހުގެ ހަބަރުތަކާއި، މެޗު ޝެޑިއުލްތަކާއި ހައިލައިޓްސްތަކާއެކު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ އިން ލިބިގެންދާނެ ކަމަށެވެ. އަދި ހުރިހާ މެޗެއް ވެސް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ރިއަލް ޓައިމްގައި ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.