ހދ. ވައިކަރަދޫ ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވައިކަރަދުއަށް މިއަދު ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެ ޖަލްސާގައި އެކަމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ދޭން ބޭނުންވާ ޔަގީންކަމަކީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްގީކޮށްދޭނެކަމުގެ ޔަގީންކަން ކަމަށެވެ.
ބަނދަރުގެ މަސައްކަތާއެކު މޫދަށް އެރޭނެ ތަނަކާއި، ފަތާ ފެންގަނޑެއް ވަކިން ހަދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހދ. ވައިކަރަދޫ
ހދ. ވައިކަރަދޫ
ހދ. ވައިކަރަދޫ
ހދ. ވައިކަރަދޫ