ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓް ތަރައްގީ ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއެވެ.

ވައިކަރަދޫގައި 50 ހައުސިން މަޝްރޫއު އެޗްޑީސީއާ ހަވާލުކުރީ 480 ދުވަހުން ނިންމައި ހަވާލުކުރާ ގޮތަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ވައިކަރަދޫގައި ތަރައްގީ ކުރާނީ ތިން ކޮޓަރީ 50 ހައުސިން ޔުނިޓް ކަމަށެވެ.