ހދ. މަކުނުދޫގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތްތައް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅުގެ ރަށްތަކައް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަކުނުދުއަށް މިއަދު ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެ ޖަލްސާގައި އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުންގައި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާ އިރު ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްގީ ކުރުމަށެވެ.
މަކުނުދޫގެ މަގުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށެވެ. އެގޮތުން ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން ނޫނީ އެއިން އެއްވެސް ކަމެއްނުކޮށް ހަމައެކަނި ފަސްގަނޑު ރަނގަޅުކޮށް ފެން ހިންދާ ނިޒާމެއް ގާއިމުކުރަން ރަށުގެ ރައްޔިތުން ބޭނުންވާނަމަ، އެކަން ކޮށްދޭނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މުހައްމަދު އިޝާން
ހދ. މަކުނުދޫ
ހދ. މަކުނުދޫ
ހދ. މަކުނުދޫ
ހދ. މަކުނުދޫ