ދައުވާގައިވާ 1.7 މިލިއަން ރުފިޔާގެ ތެރެއިން ހަތް ލައްކަ ރުފިޔާ، އަމިއްލަ ފަރާތެއް ކަަމަށްވާ އަހުމަދު ވާފިރު މުހައްމަދު ކިޔާ މީހަކަށް ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ޝަރީއަތުގެ ހަރަދުގެ ބައި ނުލައި، އެކު ޖުމުލަ 1.7 މިލިއަން ރުފިޔާ ހޯދުމަށް ފެނަކައިގެ މައްޗަށް އަހުމަދު ވާފިރު މުހައްމަދު ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.
ނަމަވެސް ފަސް ބަޔަށް ބަހާލައިގެން، އޭގެ ތެރެއިން 743،680 ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި ދައްކަން ފެނަކައިން ވަނީ އެއްބަސްވެފައެވެ.
ނަމަވެސް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ 743،680 ރުފިޔާ އަކީ ފެނަކައިން ވާފިރަށް ދައްކަން ޖެހޭ ފައިސާއެއްކަމަށް ކަަނޑައަޅައި، އެ ފައިސާ ވާފިރަށް ދެއްކުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ފައިސާ ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން