ހުޅުމާލެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވި މީހާގެ ހަށިގަނޑު ފެނުނު މީހަކު "ވަން"އަށް ބުނީ ކުނި ވަސް ދުވާތީ ގޮސް ބެލި އިރު، ފުރަތަމަ ފެނުނީ އަތެއް ކަމަށެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮންނަތާ ތިން ވަރަކަށް ދުވަސް ވެދާނެއެވެ. މުޅި ތަނުގައި އޮތީ ދިޔައާއި ފުޅަ އަޅައި، ކާކުކަން ނޭނގޭ ވަރަށް ހަށިގަނޑު ޑީކޮމްޕޯސް ވެފައެވެ.
މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދާ ނޭޕާލަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެނގިފައިވެއެވެ.
މަރުވި މީހާގެ ހަށިގަނޑު މިހާރު އޮތީ ހުޅުމާލެ ސަހަރާގައެވެ.
މަރު
މަރު
މަރު