ޖޯޖިއާގައި ކުރިއަށްދިޔަ ޖޫނިއާ ބެޑްމިންޓަން މުބާރާތް، ބަޓޫމީ ކަޕްގައި ވާދަކުރި ރާއްޖޭގެ ސީނިއާ ބެޑްމިންޓަން ޓީމުގެ ލައިބާ އަހުމަދު މަހްލޫފް (އެލީ) ތިން މެޑަލް ހޯދައިފިއެވެ.
އުމުރުން 12 އަހަރުގެ ލައިބާއަށް ދާދިފަހުން ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުން ޖާގަ ލިބިފައިވާ އިރު، ބަޓޫމީ ކަޕުން އޭނާ ވަނީ 13 އަހަރުން ދަށުގެ ކެޓަގަރީން އަންހެން ޑަބަލްސް ރިހި މެޑަލާއި މިކްސް ޑަބަލްސް އާއި އަންހެން ސިންގަލްސް އިން ލޯ މެޑަލް ހޯދައިފައެވެ.
ލައިބާ ސިންގަލްސް ސެމީއަށް ގޮސްގެން ލޯމެޑަލް ހޯދި އިރު، ސެމީގައި ލައިބާ ނުކުތީ ކަޒަކިސްތާނުގެ ލިއޮނޯވާ ސޯފިއާއާ ދެކޮޅަށެވެ. އެމެޗުން ލިއޮނޯވާ މޮޅުވީ، 15-10، 15-12 އިންނެވެ.
އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލަށް ލައިބާ ނުކުތީ ޖޯޖިއާގެ ޝަޚްބަޒިއަން މަގްދާއާ އެއް ޕެއާއެއްގައެވެ. ލައިބާގެ ޕެއާއިން ފައިނަލުގައި ބަލިވީ ކަޒަކްސްތާންގެ ސްލިއަމްޒާން އައިލަންއާއި ލިއޮނޯވާ ސޯފިއާގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ، 15-13، 15-10 އިންނެވެ.
މިކްސް ޑަބަލްސް އިވެންޓުގައި އަރުމީނިއާގެ މަނުކްޔަން ނާރެކާއެކު ލައިބާ އެއް ޕެއާ އެއްގައި ކުޅުނު އިރު، ސެމީ ފައިނަލުގައި ނުކުތީ ތުރުކީގެ ކަގާން ޑެމީރްކޮގްލޫއާއި އެލީސާ ޔަލައީންގެ ޕެއާއާ ދެކޮޅަށެވެ. މެޗުގެ ސެޓުތައް އެލީސާ އާއި ކަގާންގެ ޕެއާ ގެންދިޔައީ، 15-07، 15-08 އިންނެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން