ހދ. ފިނޭ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިތުރުން ރަށު ކައުންސިލުގެ ރައީސް ބައިވެރިވެލެއްވިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނީ އެ ރަށުގައި ގާއިމުކުރެވޭ ޕޮލިސް ޕޯސްޓަކީ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 1,600 އަކަފޫޓުގެ ސަރަހައްދެއްގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރެވޭ އިރު، ޕޮލިސް ޕޯސްޓެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ގާއިމުކުރެވޭނެވެ.
އެ މަޝްރޫއަކީ 2.20 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ.
ހދ. ފިނޭ
ހދ. ފިނޭ
ހދ. ފިނޭ
ހދ. ފިނޭ