ޗައިނާގައި ހަދަމުންދިޔަ ބްރިޖެއް ވެއްޓި 12 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ ޒިންހާއި ޕްރޮވިންސުގެ ކޯރެއްގައި ހަދަމުން ގެންދިޔަ ބްރިޖުގެ މައި ސަރަހައްދު ވެއްޓިފައިވާ އިރު، އެހާދިސާގައި ހަތަރު މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ޒިންހުއާއިން ރިޕޯޓުކޮށްފައިވެއެވެ.
ފޮޓޯތަކުން ފެންނަގޮތުން އެބްރިޖުގެ ބޮޑުބައެއް ކޯރަށް ވެއްޓި ކޯރުގެ އަޑިޔަށް ގެއްލިފައިވާ މަންޒަރު ފެނެއެވެ.
ހާދިސާ ހިނގި ވަގުތު 16 މީހަކު ބްރިޖުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ. ހާދިސާ ހިނގައިފައިވާ ކަމަށް ބެލެވެނީ ބްރިޖުގެ މައި ބަޔަށް ލޯޑުބޮޑުވެ ބިންދައިގެން ގޮސްގެން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ޒިންހުއާއިން ވަނީ އެހާދިސާ ހިނގުމާއެކު ރެސްކިއު ޓީމުތަކުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އެހަރަކާތުގައި ހެލިކަޕްޓަރުތަކާއި ރޮބޮޓްވެސް ބޭނުންކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
1.6 ކިލޯމީޓަރު ދިގުމިނުގައި ހުންނަ އެބްރިޖުގެ އުސްމިނުގައި 55 މީޓަރު ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ