އާސެނަލްގެ ޖަރުމަނު ފޯވަޑް ކައި ހަވާޓްސްގެ ކަކުލަށް ލިބުނު އަނިޔާގެ ތަފްސީލު އަދިވެސް ނޭނގޭ ކަމަށާއި މިހާރުވެސް ދަނީ އިތުރު ޓެސްޓްތައް ހަދަމުން ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ހަވާޓްސްގެ ކަކުލަށް އަނިޔާ ލިބިފައި ވަނީ އާސެނަލުން އެމިރޭޓްސް ދަނޑުގައި ސަޕޯޓަރުންނާ އެކު ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގެ ތެރެއިންނެވެ. އެއީ މިދިޔަ ހަފުތާ ބުދަ ދުވަހުގައެވެ.
ހަވާޓްސްގެ އަނިޔާގެ ކުޑަ ބޮޑު މިނެއް އަދި ކްލަބުން ހާމަކޮށްފައެއް ނުވެއެވެ. ޕްރި މެޗު ޕްރެސްގައި އާޓެޓާ ބުނީ އަދިވެސް އިތުރު ޓެސްޓްތައް ހަދަމުން އަންނަ ކަމަށާއި އަނިޔާގެ ސަބަބުން އޭނާއަށް ގެއްލޭނީ ކިހާ ދުވަހެއްކަން ބުނަން ނޭނގޭ ކަމަށެވެ.
"ކައިގެ އަނިޔާގެ ތަފްސީލު ހާމަކުރުމުގެ ކުރިން އަދި ވަގުތު ބޭނުންވޭ. އަދި ޓެސްޓްތަކެއްވެސް ހަދަން އެބަ ޖެހޭ. ހަމަ ޔަގީނުންވެސް ކުރިއަށް އޮތް މެޗުގައި ހަވާޓްސް ނުކުޅޭވެ،" އާޓެޓާ ބުންޏެވެ.
ހަވާޓްސްއަށް އަނިޔާވުމާއެކު އާސެނަލުން ވަނީ ފޯވަޑެއް ހޯދަން މަސައްކަތް ފަށައި، އެކަން ކާމިޔާބުވެސް ކޮށްފައެވެ. ޓޮޓެންހަމްއިން ބަލަމުން ދިޔަ އެބެރެޗީ އެޒޭ ގެންދަން ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ އިރު، ޕްރި މެޗު ޕްރެސްގައި އާޓެޓާ ވަނީ އެކަން ޔަގީންކޮށްދޭން ދެކޮޅު ހަދައިފައެވެ.
އާސެނަލަށް މިވަގުތު ފޯވަޑުންގެ ދަތިތައް އެބަހުއްޓެވެ. މިވަގުތު ފިޓްކޮށް ހުރި ހަމައެކަނި ސެންޓަ ފޯވަޑަކީ އަލަށް ގެންދިޔަ ވިކްޓޯ ޔޯކެރޭޝްއެވެ. ގެބްރިއަލް ޖީސަސްވެސް މިވަގުތު ހުރީ އަނިޔާގައެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް