ރައްޔިތުންްގެ ހައްގުގައި ސިޔާސީ ލީޑަރުންނަށް މިއަދު ނުނިކުމެވޭނެ ކަމަށާއި އެ ބޭފުޅުން ތިއްބެވީ ސަރުކާރުގެ ދަށުވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ވޭކަޕް" ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރަނީ ހުރިހާ ބާރެއް މުށުތެރެއަށް ލުމަށް ކަމަށާއި އެކަން ކުރުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ.
"ސިޔާސީ ލީޑަރުންނަށް ރައްޔިތުންގެ ހައްގުގައި މިއަދު ނުނިކުމެވޭނެ، ހުރިހާ އެންމެން އެތިބީ ނަގޫފިތިފަ. ހުރިހާ އެންމެން އެތިބީ ނަގޫފިތިފަ، އަޅުގަނޑަށް ދިނީ ތިން އަހަރުގެ ޖަލު ޗުއްޓީ،" ޔާމީން ވިދާޅުވިއެވެ.
އެކަމުގެ މިސާލު ޖައްސަވަމުން ޔާމީން ވިދާޅުވީ، ގާސިމަށް ވާރުތަ މުދަލެއްހެން ދީފައި އޮތް ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނެގިއިރު ޓެކްސްގެ ގޮތުގައި ދައްކަން އޮތް ފައިސާއިން 30 މިލިއަން ޑޮލަރު މި ސަރުކާރުން މާފުކޮށްދިން ކަމަށެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޗެއާމަން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާ ގުޅުވައިގެން ޔާމީން ވިދާޅުވީ، އާރުސީސީން ކައުންސިލް އިމާރާތް ހަދަން ބީއެމްއެލުން ލޯނު ނެގީ ސަރުކާރުން ގެރެންޓީ ދީގެން ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ބަހާއި އަމަލާ ދިމާވާތަން ނުފެންނަ ކަމަށެވެ. އަދި މި ސަރުކާރުން ގަސްތުގައި ވައްކަންކުރާ ކަމުގެ ތުހުމަތު ވެސް ކުރެއްވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރަށުތެރޭގަ މިހުންމިރޭއެބަކިޔާ ވަގުން އެހެންމީހުންނަށް ވަގައްގޮވާވާހަކަ.. ހާދަހެއްވާ ކަމެކޯ..
ގަލަން - 10 މަސް ކުރިން
ރަށުތެރޭގަ މިހުންމިރޭއެބަކިޔާ ވަގުން އެހެންމީހުންނަށް ވަގައްގޮވާވާހަކަ.. ހާދަހެއްވާ ކަމެކޯ..
ގަކަން - 10 މަސް ކުރިން