އޮޑި ސްޕޯޓްސް ކްލަބުގެ ކޯޗަކަށް ސްޕެއިންގެ އަންދްރޭސް ގާސިއާ ހަމަޖައްސައިފިއެވެ.
އޮޑިއަށް ހަމަޖެއްސި ގާސިއާއަކީ ޔޫއެފާ ޕްރޯ ލައިސަންސްގެ ކޯޗެކެވެ. އުމުރުން 41 އަހަރު ގާސިއާ ވަނީ ސްޕެއިންގެ އެކި ކްލަބުތަކުގެ ޔޫތު ކްލަބުތަކުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން ގެޓާފާގެ ޔޫތު ޓީމާއެކު 19 އަހަރުން ދަށުގެ ޓީމުގައިވެސް ގާސިއާ ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ އިތުރުން މެކްސިކޯއާއި ނޯވޭގެ ކްލަބުތަކުގައިވެސް މަސައްކަތްކުރި، ގާސިއާ ވަނީ ޗައިނާގެ ޑޭލިއަން ޕްރޯގެ ޔޫތު ޓީމުގައިވެސް މަސައްކަތްތައް ކޮށްފައެވެ.
އެކުއެޑޯ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވެސް އޮރެންސޭގައިވެސް ގާސިއާ މަސައްކަތް ކޮށްފައިވާ އިރު، އޭނާ މަގާމާ ހަވާލުވީ ކުރިން އޮޑި ސްޕޯޓްސް ކްލަބުގައި ހުރި ކޯޗު އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު، އިއަން އެންޑްރޫ ގިލަން އަމިއްލަ ސަބަބަކާ ހުރެ ކްލަބު ދޫކޮށް ދާން ޖެހުމުންނެވެ.
އެނގިފައިވާ ގޮތުގައި އިއަން އޮޑި ދޫކޮށް ދާން ޖެހުނީ ބައްޕައަށް ކެންސަރު ޖެހުމުގެ ސަބަބުންނެވެ.
އޮޑި ފުރަތަމަ ޑިވިޝަނަށް ނުކުމެ، މިހާތަނަށް ރަސްމީކޮށް ލީގުގައި ކުޅެފައެއް ނުވެއެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ލީގު ނުފެށި އޮތުމުގެ ސަބަބުންނެވެ. އެޓީމު އެންމެފަހުން ކުޅުނު މުބާރާތަކީ އެފްއޭއެމް ލީގު ކަޕެވެ. އެ މުބާރާތުގެ ފައިނަލުގައި އޮޑި ކުޅެފައިވެއެވެ.
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު