ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ތިން މެންބަރުން އައްޔަނުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ހަ ބޭފުޅުންނާ ބެހޭ ޝަކުވާއެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން އާންމުކޮށް ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، އެ ފަރާތްތަކާ ބެހޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ސީއެސްސީގެ ތިން މެންބަރެއްގެ މުއްދަތު އަންނަ ސެޕްޓެމްބަރު ތިންވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ހަ ނަމެއް މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުއްވައިފައެވެ.

އެ ނަންތަކަކީ:

  1. މުހައްމަދު ނާސިހު، މ. ފަލްކަންގެ
  2. ހުސެން ފާއިޒު، ދަފްތަރު ނަމްބަރު 1325
  3. ދީބާ މޫސާ، މާފަންނު ވައިޓް ބެލް
  4. ބަދުރިއްޔާ މޫސާ، ދަފްތަރު ނަމްބަރު ރސ 2414
  5. ފާތިމަތު މުނާ، ވާދީއާގެ / ގއ. ވިލިނގިލި
  6. އާމިނަތު އުއްމުކުލްސޫމް، މޫންލައިޓް ހައުސް / ސ. މަރަދޫ

ކޮމިޝަންގައި މިހާރު ތިއްބަވާ މެންބަރުންނަކީ:

  • ރައީސް މުހައްމަދު ނާސިހު
  • ނައިބު ރައީސް މުހައްމަދު މުޖުތާޒް
  • މުހައްމަދު ފަރުސަތު
  • ފާތިމަތު ޝަރީފް
  • ފާތިމަތު ހަބީބާ