އއ. ހިމަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު އެ މަނިކުފާނު އިފުތިތާހުކޮށްދެއްވީ މިހާރު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށްފައިވެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް ޓަކައި ތިން ތާންގީ ބަހައްޓާފައިވެއެވެ. ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ހިދުމަތް ވަނީ ގުޅައިފައެވެ.
މީގެ އިތުރުން އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކޮށް، 956 މީޓަރުގެ ޕަންޕިން ލައިނެއް އަޅާފައިވެއެވެ. ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމުކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ހިމަންދޫގެ ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު