އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ން ބުނެފިއެވެ.
ޑީޕީއީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މެންދުރު ފަހު 1:00 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ.
އިއުލާނުގައި ޑީޕީއީން ބުނީ އަމިއްލަ ގޮތުން އޯ ލެވެލް ހެދި ދަރިވަރުންގެ ނަތީޖާ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން މެންދުރު 1:30 ޑީޕީއީން ދޫކުރަމުންދާނެ ކަމަށެވެ. ޑީޕީއީއިން ބުނީ އަމިއްލަ ގޮތުން އިމްތިހާނު ހެދި ފަރާތްތަކުން ނަތީޖާ ބަލައި ދާނައިރު އައިޑީ ކާޑު ގެންދާންވާނެ ކަމަށާއި ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ ދަރިވަރުގެ އައިޑީ ކާޑާއި، ބަދަލުގައި ފޮނުވާ މީހާގެ އައިޑީ ކާޑު ގެންދާން ޖެހޭނެ ކަމަށެވެ.
އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު 260 ސެންޓަރަކުން 8،364 ދަރިވަރަކު ބައިވެރިވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ