ޑްރަގާއެކު ލ. ކަލައިދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގް މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަހުމަދު ނަޝީދު (38އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށް، ސައިކަލެއްގައި އޭނާ ދަނިކޮށް ހުއްޓުވި ވަގުތު ސައިކަލު މަޑިދަށުން އެއްޗެއް ނަގައިގެން ދުއްވައިގަނެ ފިލަން މަސައްކަތްކުރުމުންނެވެ.

އެ މައްސަލައިގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރުގަނޑެއް ވަނީ ފެނިފައެވެ.

އެ މައްސަލައާ ގުޅިގެން އަހުމަދު ނަޝީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.