ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އަށް އައްޔަނު ކުރުމަށް މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ، އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އެ މަގާމަށް ޝަފީގު އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 އަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކުރުމުން އެކަމަށް ޖަވާބުދިން ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތް ދެ ނަމެއް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
ނަމަވެސް ދެން ރައީސް ފޮނުއްވި މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އެޗްއާރުސީއެމްގެ މެންބަރުކަމަށް އޭނާގެ ނަން ފާސްކުރަން ބޭނުންވާ މިންވަރަށް ކޮމެޓީން މާކުހެއް ނުލިބުނެވެ.
މިހާރު އެޗްއާރްސީއެމްގައި ތިއްބަވާ މެންބަރުންނަކީ:
- ރައީސް މަރިޔަމް މުނާ
- ނައިބު ރައީސް މޫމިނާ ވަހީދު
- ސަމާއު އަހްމަދު ނަޖީބް
- އާމިނަތު ޝިފާތު އަބްދުއްރައްޒާގު
- އިސްމާއިލް ހަބީބް އަބްދުއްރަހްމާން
އާއިޝަތު މާހާ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި