ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ތިން މެންބަރުން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ހަ ނަމެއް ފޮނުވައިފިއެވެ.

އެ ކޮމިޝަންގެ ތިން މެންބަރުންގެ މުއްދަތު އަންނަ ސެޕްޓެމްބަރު 3 އަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ހަ ނަމެއް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒް ވަނީ ފޮނުއްވައިފައެވެ.

އެ ނަންތަކަކީ:

  1. މުހައްމަދު ނާސިހު، މ. ފަލްކަންގެ
  2. ހުސެން ފާއިޒު، ދަފްތަރު ނަމްބަރު 1325
  3. ދީބާ މޫސާ، މާފަންނު ވައިޓް ބެލް
  4. ބަދުރިއްޔާ މޫސާ، ދަފްތަރު ނަމްބަރު ރސ 2414
  5. ފާތިމަރު މުނާ، ވާދީއާގެ / ގއ. ވިލިނގިލި
  6. އާމިނަތު އުއްމުކުލްސޫމް، މޫންލައިޓް ހައުސް / ސ. މަރަދޫ

ކޮމިޝަންގައި މިހާރު ތިއްބަވާ މެންބަރުންނަކީ:

  • ރައީސް މުހައްމަދު ނާސިހު
  • ނައިބު ރައީސް މުހައްމަދު މުޖުތާޒް
  • މުހައްމަދު ފަރުސަތު
  • ފާތިމަތު ޝަރީފް
  • ފާތިމަތު ހަބީބާ