ފުލުހުންގެ ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވި މީހާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ގ. ޒަމީއާ އުމުރުން 48 އަހަރުގެ އަހުމަދު އަފްރާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަފްރާހް އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުއްޓައި މިއަދު ފަތިހު 5:50 ހާއިރު އެއްވެސް ހަރަކާތެއް ނެތި ގޮޅިތެރެއަށް ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.
ފުލުހުން ބުނީ އަފްރާހް މަރުވި މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގުކުރަމުން އަންނަ ކަމަށާއި ހަށިގަނޑުގެ އޮޓޯޕްސީ ހަދަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ހާދިސާގެ މައުލޫމާތު އެޗްއާރްސީއެމް އަދި އެންއައިސީއަށް ހިއްސާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ޢެޓޮޕްސީ ހަދާނީހެއްގެ ނަތީޖާހާމަނުކިރަނީ ކީއްވެބާ މިހާރުއެތަޖެއް ބައެއްގެ ހަދައިފީ ހަމަޔަގީނުންބެސް ކޮންމެ ގޮތަކައް މަރުވިޔަސް ހަދާ އެޓޮޕްސީގެ ނަތީޖާ އޮންނާނެ ނަމަވެސް އެހަދާ އެޓޮޕްސީގެ ނަތީޖާ ހާމަނުކުރޭ މީގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގަ ސުވާލުއުފެދޭ
ޢެޓޮޕްސީހަދާނެ - 10 މަސް ކުރިން