އުރީދޫ ނޭޝަނުން ކުރިއަށްގެންދިޔަ އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އުރީދޫ ނޭޝަނުން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓީމުތައް އެއްތަނަކަށް އެއްވެ، ދުނިޔޭގެ އެންމެ މަގުބޫލު ތިން ވާދަވެރި ޓައިޓަލް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ޓޯނަމަންޓްތަކުގައި ހުނަރުވެރި ކުޅުން ވަނީ ދައްކާލައިފައެވެ.

މިފަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ވަރުގެ ބައިވެރިވުމެއް ފެނިގެންދިޔަ އިރު، އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން ބައިވެރިވިއެވެ. އެއީ އެމްއެލްބީބީގައި ފަސް ކުންފުންޏަކުން ނުވަ ޓީމު (63 ކުޅުންތެރިން)، ޕަބްޖީ މޮބައިލްގައި ނުވަ ކުންފުންޏަކުން 11 ޓީމު (52 ކުޅުންތެރިން) އެވެ.

އުރީދޫ ނޭޝަނުން ކުރިއަށްގެންދިޔަ އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫން ބުނީ އެ މުބާރާތުން ކޯޕަރޭޓް ދުނިޔޭގައި އީސްޕޯޓްސްގެ މަގުބޫލުކަން އިތުރުވުމުގެ އިތުރުން ކުންފުނިތަކުގެ މެދުގައި އެކުވެރިކަމާއި ޓީމު ސްޕިރިޓަށް ވެސް ހިތްވަރު ލިބުން ކަމަށެވެ.

ޕަބްޖީ މޮބައިލް

އެއްވަނަ: ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް – 5،000 ރުފިޔާ

ދެވަނަ: އެމްޓީސީސީ - 3،000 ރުފިޔާ

ތިންވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް – 2،000 ރުފިޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

އެއްވަނަ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) - 5،000 ރުފިޔާ

ދެވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް - 3،000 ރުފިޔާ

ތިންވަނަ: ބޭންކް އޮފް މޯލްޑިވްސް (ޔުނައިޓެޑް ބީއެމްއެލް) - 2،000 ރުފިޔާ

އީއޭއެފްސީ

އެއްވަނަ: ޖަނާން މުހައްމަދު - މޯލްޑިވްސް ކަސްޓަމްސް ސާވިސް - 5،000 ރުފިޔާ

ދެވަނަ: މާހިލް މުހައްމަދު - ޕްރިހާބް ޕްރައިވެޓް ލިމިޓެޑް - 3،000 ރުފިޔާ

ތިންވަނަ: ހުސެއިން ޔައީޝް – ހިވިން އިންވެސްޓްމަންޓްސް - 2،000 ރުފިޔާ

އުރީދޫ ނޭޝަނުން ކުރިއަށްގެންދިޔަ އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫ ނޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕްގެ ސަބަބުން ރާއްޖޭގައި ހަލުވިކަމާއެކު ފުޅާވަމުންދާ އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމުތަކާއި ކުޅުންތެރިން ބައިވެރިކުރުމުގެ ހާއްސަ ފުރުސަތެއް ލިބިގެންދިޔައެވެ.

އުރީދޫން ބުނީ އެ މުބާރާތާއެކު އީސްޕޯޓްސް މުޖުތަމައުތައް ކުރިއެރުވުމަށާއި ޑިޖިޓަލް މުނިފޫހިފިލުވުމުގެ އުފެއްދުންތެރި ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ ނޭޝަނުން ކުރާ މަސައްކަތް ފެނިގެންދިޔަ ކަމަށެވެ.