އދ. މާމިގިލީގެ ބޯޓުޔާޑުގައި އޮތް ކާގޯ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މާމިގިލީ ބޯޓުޔާޑުގައި އޮތް ވިލާ ޝިޕިންގެ "ވިލާ ބުރު" ބޯޓުގައި އަލިފާން ރޯވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔާ ސްޓޭޝަނަށް އެ ހާދިސާގެ މައުލޫމާތު މިއަދު 15:28 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ.
އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 15:30 ހާއިރު ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ރޯވި އަލިފާން، އެއްކޮށް ނިއްވާލާފައިވަނީ މާމިގިލީ އެއާޕޯޓުގެ ފަޔާ ފައިޓަރުންގެ އެހީތެރިކަމާ އެކުގައި ކަމަށާއި އެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އދ. މާމިގިލި
އދ. މާމިގިލި
އދ. މާމިގިލި
އދ. މާމިގިލި