ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓުގެ މައްސަލައިގައި ސައިކަލު ދުއްވަން އިން މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

އެ އެކްސިޑެންޓު ހިނގީ ރޭ 7:20 ހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދުން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު 64 އަންހެން މީހާ ވަނީ ފަރުވާދެމުން ދަނިކޮށް ރޭ މަރުވެފައެވެ.

ފުލުހުން މިއަދު "ވަން"އަށް ބުނިގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ލ. ފޮނަދޫ، ހޯރަވިލާ، މުހައްމަދު ނައުސާން (37އ) ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ނައުސާން އަކީ ސައިކަލު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫނެވެ.

އެ ހޮސްޕިޓަލުގެ ސީއީއޯ އަބްދުލް ހަންނާނު "ވަން"އަށް މިއަދު ވިދާޅުވީ އެކްސިޑެންޓުގައި މަގު ހުރަސްކުރަނިކޮށް އަނިޔާވި ދެވަނަ މީހާގެ އަތް ބިންދައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް ނުލިބޭ ކަމަށާއި އޭނާ އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.