ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ، އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހުގެ އަށްވަނަ ދުވަހަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންނެވި ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވުމުން، އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށް އެ މައްސަލަ ދިރާސާކުރުމަށް، މަޖިލިސް ތަޅުމުން އެ މައްސަލަ ވަނީ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް ފޮނުވައިފައެވެ.
އެ ދެ ނަމަކީ:
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
- މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ދެބޭފުޅުންނާ ވަނީ އިންޓަވިއުކޮށްފައެވެ. އަދި ކޮމިޓީ އިންޓަވިއުއިން އެވްރެޖް މާކްސް 75 އަށްވުރެ މައިން މާކްސް ހޯދާ ފަރާތްތަކަށް ވޯޓަށް އަހަން އޮންނަ އުސޫލުން، އެ އިންޓަވިއުއިން 75 އަށްވުރެ މަތިން މާކްސް ހޯދި މުހައްމަދު ޝަފީގު މަހްމޫދު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރުމަށް ފެންނަކަމަށް ކޮމިޓީން ފާސްކުރަން ވޯޓަށް އެހިއެވެ.
އެވަގުތު ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން، މުހައްމަދު ޝަފީގު މަހްމޫދުގެ ނަން ފާސްކުރިއެވެ.
މިހާރު އެޗްއާރުސީއެމްގައި ތިއްބަވާ މެންބަރުންނަކީ:
- ރައީސް މަރިޔަމް މުނާ
- ނައިބު ރައީސް މޫމިނާ ވަހީދު
- ސަމާއު އަހްމަދު ނަޖީބް
- އާމިނަތު ޝިފާތު އަބްދުއްރައްޒާގު
- އިސްމާއިލް ހަބީބް އަބްދުއްރަހީމް
އިބްރާހިމް ޒަކީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް