ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 37 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު "ވަން"އަށް ބުނިގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ އެކްސިޑެންޓު ހިނގީ ރޭ 7:20 ހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދުން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު 64 އަންހެން މީހާ ވަނީ ފަރުވާދެމުން ދަނިކޮށް ރޭ މަރުވެފައެވެ.

އެ ހޮސްޕިޓަލުގެ ސީއީއޯ އަބްދުލް ހަންނާނު "ވަން"އަށް މިއަދު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ދެވަނަ އަންހެން މީހާގެ އަތް ބިންދައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް ނުލިބޭ ކަމަށެވެ. އޭނާ އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.