ލ. ގަމުގައި މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ހާލު ސީރިއަސްވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާދެމުން ގެންދިޔަ އަންހެނަކު މަރުވެއްޖެއެވެ.
ފުލުހުން އެ އެކްސިޑެންޓާ ގުޅިގެން އެ ދުވަހު "ވަން"އަށް ބުނެފައިވަނީ ހެނދުނު 9:12 އެހާކަންހާއިރު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، މާމެންދޫން ގަމަށް އަރާ ބެންޑުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓުވި ސައިކަލުން ދަތުރުކުރަމުންދިޔަ ދެ އަންހެނުންނަށް އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯ އަބްދުލް ހަނާން އަބްދުއްރަހީމް "ވަން" އަށް ވިދާޅުވެފައިވަނީ އަނިޔާވި ދެ އަންހެނުންގެ ހާލުވެސް ސީރިއަސް ކަމަށެވެ.
ފަހުން އެ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ ކ. ގުރައިދޫއަށް ނިސްބަތްވާ މީހެކެވެ.
މުހައްމަދު އިޝާން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް