ދިވެހި ސަރުކާރުގެ ވަފުދެއް ވަރަށް އަވަހަށް ޗައިނާއަށް ޒިޔާރަތް ކުރާނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ހަލީލު މިއިން ޒަމާނެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވޭތޯ، މެންބަރު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ގައުމުތަކާ އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އެ ގައުމުތަކަށް ދަތުރުތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ޗައިނާއަކީ ވެސް މި ސަރުކާރުގެ މުހިންމު ބައިވެރިޔެއް ކަމަށް ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ، ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ބަލާ ގައުމުތަކާ އެކު، ވަރަށް އެކުވެރި ހަމަހަމަ ގުޅުންތަކެއް ބޭއްވުމަށް ސަމާލުކަން ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ވަރަށް ކައިރި މުސްތަގުބަލެއްގައި، ރާއްޖޭގެ ވަފުދެއް ޗައިނާއަށް ދަތުރެއް ކުރާ ތަން، ފެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް