ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނާމެދު ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ހުޅުވާލައިފިއެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހުގެ 8 ވަނަ ދުވަހަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތް ދެބޭފުޅެއްގެނަން މަޖިލީހަށް ފޮނުއްވާފައިވާއިރު، އެ ދެބޭފުޅުންނާ އިންޓަވިއުކޮށް އެ މައްސަލަ ދިރާސާކުރުމަށް، ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް އިއްޔެ ވަނީ ފޮނުވައިފައެވެ.
އެ ދެ ނަމަކީ:
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
- މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ
އެމަސައްކަތް ކުރިއަށްގެންދާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމައިފައިވަނީ، އެ ދެބޭފުޅުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 15 އިގެ ނިޔަލަށް ހުޅުވާލުމަަށެވެ.
އެގޮތުން މެއިލް މެދުވެރިކޮށް އެ ކޮމިޓީއަށާއި، ލިޔުމުން މަޖިލީހުގެ އިދާރާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެއަށްފަހު މިމަހުގެ 16 ވަނަ ދުވަހު އެ ދެބޭފުޅުންނާ ކޮމެޓީން އިންޓަވިއު ކުރުމަށްފަހު، ކޮމިޓީގެ މަސައްކަތް ނިންމައި، 17 ވަނަ ދުވަހުގެ ނޔަލަށް ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމަށްވެސް ވަނީ ކޮމިޓީން ނިންމައިފައެވެ.
ރައީސް ފޮނުއްވާފައިވާ ދެބޭފުޅުންނަށް މަޖިލީހުގެ ރުހުން އޮތްތޯ ބަލަން ވޯޓު ނަގާނީ ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުންނެވެ.
މިހާރު އެޗްއާރްސީއެމްގައި ތިއްބަވާ މެންބަރުންނަކީ:
- ރައީސް މަރިޔަމް މުނާ
- ނައިބު ރައީސް މޫމިނާ ވަހީދު
- ސަމާއު އަހްމަދު ނަޖީބް
- އާމިނަތު ޝިފާތު އަބްދުއްރައްޒާގު
- އިސްމާއިލް ހަބީބް އަބްދުއްރަހީމް
އިބްރާހިމް ޒަކީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް