އިތުރު 269 ޚަތީބުން ޚަތީބު ކަމުގެ ސެޓްފިކެޓް ހާސިލުކޮށްފި އެވެ.
ސެޓްފިކެޓް ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކޭޓް ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި ރަސްމިއްޔާތުގައި ޒުވާން ޚަތީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަތީބުކަމުގެ ސަނަދު ހާސިލުކޮށްފައިވެއެވެ. އެއާއެކު މިހާތަނަށް ޚަތީބު ކަމުގެ ސެޓްފިކެޓް ހާސިލު ކުރި އަދަދަކީ 503 އެވެ.
އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަތީބުން ތަމްރީންކުރުމަށެވެ.
ރޭގެ ރަސްމިއްތާތުގައި މިނިސްޓަރު ވިދާޅުވީ އެ ޕްރޮގުރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއްކަމަށާއި ރައީސްގެ އެންމެ ފުރަތަމަ ތަގުރީރުގައި ފާހަގަކުރެއްވި މީހުން ބިނާ ކުރުމާއި ފިކުރީ ގޮތުން ކުރިއެރުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގުރާމެއްކަމަށެވެ.
ޝަހީމްގެ ވާހަަކައިގައި ޒުވާން ޚަތީބުންނަށް އަގުހުރި ގިނަ ނަސޭހަތްތަކެއް ދެއްވި އެވެ.
"މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާން ކުދިން އިހުތިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއް. ޚަތީބުކަމުގެ މަގާމަކީ ވަރަށް މަތީ އަދި ޝަރަފުވެރި މަގާމެއް. ޒުވާން ޚަތީބުން މުޖުތަމައަށް ދައްކައިދެމުންދަނީ ވަރަށް ރިވެތި ނަމޫނާއެއް. މި ދާއިރާއިން އިތުރަށް ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވަން." ޝަހީމް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ