ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އަށް ދެ މެންބަރުން އައްޔަނުކުރަން ދެ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 އަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަެއް ހޯދުމަށް އިއުލާނުކުރުމުން އެކަމަށް ޖަވާބުދިން ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތް ދެ ނަމެއް މިއަދުވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.

އެ ދެ ނަމަކީ:

  1. މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  2. މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ

މި މަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.

މިހާރު އެޗްއާރްސީއެމްގައި ތިއްބަވާ މެންބަރުންނަކީ:

  • ރައީސް މަރިޔަމް މުނާ
  • ނައިބު ރައީސް މޫމިނާ ވަހީދު
  • ސަމާއު އަހްމަދު ނަޖީބް
  • އާމިނަތު ޝިފާތު އަބްދުއްރައްޒާގު
  • އިސްމާއިލް ހަބީބް އަބްދުއްރަހްމާން