ސްޕެނިޝް ލަ ލީގާގެ މެޗެއް ފުރަތަމަ ފަހަރަށް ސްޕެއިނުން ބޭރުގައި ކުޅެން ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުން ހުއްދަ ދީފިއެވެ.
ކުރިއަށް އޮތް ސީޒަނުގެ ލީގުގައި ބާސެލޯނާއާއި ވިލަރޭލް، ވިލަރެއާލްގެ އެސްޓާޑިއޯ ޑެ ލަ ކެރަމިކާގައި ޑިސެމްބަރު މަހު ކުޅެން އޮތް މެޗު، އެމެރިކާގެ މިއާމީ، ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅެން ދެ ކްލަބުންވެސް ވަނީ ސްޕެއިންގެ ފުޓުބޯޅަ އިދާރާއަށް އެދިފައެވެ.
ދެ ކްލަބުގެ އެ އެދުމަށް ފެޑެރޭޝަނުން އާނބަސް ބުނެފައިވާ އިރު، މިހާރު ފެޑަރޭޝަނުން ދަނީ އެކަމަށްޓަކައި ފީފާއާއި ޔޫއެފާގެ ހުއްދަ ހޯދަން މަސައްކަތް ކުރަމުންނެވެ.
އެކަމާ ދެކޮޅަށް ސްޕެއިން ފުޓުބޯޅައިގެ ސަޕޯޓަރުންގެ ގްރޫޕެއް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ސަޕޯޓާސް ކްލަބު އެފްއޭއެސްއެފްއީން ނެރުނު ބަޔާނެއްގައި ސްޕޯޓްސް ކައުންސިލާއ ފެޑަރޭޝަނަށް ގޮވާލާފައި ވަނީ ނިންމައިގެން އުޅޭ ނިންމުމަކީ މޮޔަ ކަމެއް ކަމަށާއި، އެކަން ވީ އެންމެ އަވަހަކަށް ހުއްޓާލުމަށެވެ.
ފީފާގެ އާއްމު ގަވާއިދު ބުނާގޮތުން އެގައުމެއްގެ ލީގު މެޗެއް، އެހެން ގައުމެއްގައި ނުކުޅެވޭނެއެވެ. އެހެން ނަމަވެސް، ވިޔަފާރީގެ ބޭނުމުގައި އެކަން ބަދަލުކުރަން ބައެއް ކްލަބުތަކާއި ލީގުތަކުން ބޭނުންވާތީ، އެ މައްސަލަ ދިރާސާ ކުރުމަށް ފީފާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެކަމުގައި ފީފާއިން މަޝްވަރާ ކުރަމުން ދަނީ އަންނަ ސީޒަނުގެ ސެރެއާ އޭގައި އޭސީ މިލާނާއި ކޯމޯ ފެބްރުއަރީ މަހު ބައްދަލުކުރަން އޮތް މެޗު، އޮސްޓްރޭލިއާގެ ޕާތުގައި ކުޅެން އެދިފައިވެސް ވާތީއެވެ. މިލާނުން އެކަމަށް އެދުނީ ވިންޓާ އޮލިމްޕިކްސް އިވެންޓެއް ސަން ސީރޯގައި ހޯސްޓް ކުރާތީ، ސްޓޭޑިއަމް ބޭނުން ނުކުރެވޭނެތީއެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ