ބ. އޭދަފުށީގައި ގާއިމުކުރުމަށް ނިންމާފައިވާ ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކެމްޕަސްގެ މަސައްކަތް އެެމްޓީސީސީއާ ހަވާލުކޮށް އެެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އޭދަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަހުން ނިންމާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 6000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯއަށް ދަރިވަރުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ހެދުން.
- 3200 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯއަށް މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ހެދުން.
- 3000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯއަށް އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުން.
- 4000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯއަށް ކްލާސްރޫމް ބްލޮކެއް ހެދުން.
- 4000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯއަށް އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުން.
ފާތިމަތު ލިއުޝާ
ބ. އޭދަފުށި
ބ. އޭދަފުށި
ބ. އޭދަފުށި
ބ. އޭދަފުށި